ޖުމްހޫރީ ޕާޓީ އާއި އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަން ޖޮއިންޓް ޕާލިމަންޓަރީ ގުރޫޕެއް އެކުލަވާލުމަށް މަޝްވަރާ ކުރަން މިރޭ ނިންމައިފިއެވެ.
"ފިކުރެއްގެ ދިރުން" ގެ ފުރަތަމަ ޕާލިމެންޓްރީ ގްރޫޕު ބައްދަލުވުން މިރޭ ވަނީ ބޮޑުފެންވަޅުގޭގައި ބާއްވައިފައެވެ،
އެ ބައްދަލުވުމުގައި ނިންމާފައިވަނީ ޖުމްހޫރީ ޕާޓީ އާއި "ފިކުރެއްގެ ދިރުން" ގުޅިގެން ޖޮއިންޓް ޕާލިމެންޓްރީއެއް އުފެއްދުމަށެވެ.
އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތް ރައްޔިތުން މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު (އިންތި) ފަހުމީ ވިދާޅުވީ ޖުމްހޫރީ ޕާޓީ އާއި "ފިކުރެއްގެ ދިރުން" ޖޮއިންޓް ޕާލިމަންޓްރީ އެއް އުފެއްދުމަށް ހުށަހެޅުއްވީ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ކަމަށެވެ.
އިންތި ވިދާޅުވީ އީވާގެ އެ ހުށަހެޅުއްވުމަށް މިރޭ މަޝްވަރާކުރައްވާފައިވާ ކަމަށާއި އެކަމާ ގުޅިގެން އިތުރަށް މަޝްވަރާކުރެއްވުމަށް ޖުމްހޫރީ ޕާޓީއާއެކު ބައްދަލުވުމެއް ބާއްވާނެ ކަމަށެވެ.
"އެ ހުށަހެޅުމަށް ތާއިދު ލިބުނު. ޖުމްހޫރީ ޕާޓީގެ ފަރާތުން އެކަމަށް ތާއިދުކުރާނެ ކަމަށް މި ވާހަކަ ދެކެވުނީ،" އިންތި ވިދާޅުވިއެވެ.
އިންތި ވިދާޅުވީ ޕީޖީ ބައްދަލުވުން ބޭއްވި ވަގުތު އެމްޑީޕީގެ އާންމު މެމްބަރުންވެސް ތިބި ކަމަށާއި އެ މެމްބަރުންވެސް ޖޮއިންޓް ޕާލިމެންޓެއް އުފެއްދުމަށް ތާއިދުކުރި ކަމަށެވެ.
އޭނާ ވިދާޅުވީ މިރޭގެ ބައްދަލުވުމުގައި 12 ގަރާރެއް ހުށަހެޅި ކަމަށާއި އޭގެ ތެރެއިން މަޝްވަރާ ކުރެވިފައިވަނީ ދެ ގަރާރަށް ކަމަށެވެ. ޖޮއިންޓް ޕާލިމެންޓްރީއެއް އުފައްދަން އީވާ ހުށަހެޅުއްވީ ގަރާރުތަކަށް ވާހަކަ ދަައްކަވަން އީވާއަށް ލިބިވަޑައިގެންނެވި ފުރުސަތުގައި ކަމަށް އިންތި ވިދާޅުވިއެވެ.
މިރޭގެ ބައްދަލުވުމުގައި ނަޝީދު ފެކްޝަންގެ 10 މަޖިލިސް މެމްބަރުން ބައިވެރިވެވަޑައިގެންނެވިއެވެ. އެއީ