ކ.މާފުށީގައި ޕާކުކޮށްފައި ހުރި ސައިކަލެއްގައި ރޯކޮށްލައިފި އެވެ.
ރޭ 2:30 ހާއިރު ހިނގި މިހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ސާފެއްނުވެއެވެ. މީގެ އިތުރުން މި ހާދިސާގައި ގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ. ނަމަވެސް ބޭނުން ނުކުރެވޭ ވަރަށް ސައިކަލް އަނދާފައިވާ ކަމަށް ފުލުހުން މައުލޫމާތު ދިނެވެ.
ފުލުހުން މައުލޫމާތު ދިން ގޮތުގައި މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.