ޝަހީދާ އަބްދުﷲ ސައީދު
ރަށުފެންވަރުގެ ވެބްސައިޓުތައް ކަމަށްވާ އައިލެންޑްސް އެމްވީ ވެބް ޕޯޓަލް، ރައީސުލްޖުމްހޫރިއްޔާ މިރޭ އިފުތިތާހުކޮށްދެއްވައިފިއެވެ.
ހުޅުމާލެ ޝުވެކްް ސިނަމާގައި ބޭއްވި ރަސްމިއްޔާތުގައި އިފްތިތާހުކޮށްދެއްވި އައިލެންޑްސް އެމްވީ ވެބް ޕޯޓަލްއަކީ ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންނެވި 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ވައުދެކެވެ.
މިވެބް ޕޯޓަލްއަކީ އެރަށެއްގެ އިގުތިސޯދު ބިނާކުރުމުގެ ފުރިހަމަ ބާރާއި އިހުތިޔާރު ކައުންސިލްތަކަށާއި އެރަށެއްގެ ރައްޔިތުންނަށް ދިނުމެވެ.
އަދި އެވައުދުގެ އެއްބައި ކަމަށްވާ ރަށުފެންވަރުގެ ވެބްސައިޓްތައް ހަދައިދިނުމަށް ސައިންސްއެންޑް ޓެކްނޮލޮޖީއާ ރަސްމީކޮށް ހަވާލުކޮށްގެން ތައްޔާރުކުރި މިވެބްސައިޓަކީ ބަަވަނަވެފައިވާ ދުނިޔޭގައި ގިނަ މުއާމަލާތްތައް އިންޓަނެޓް މެދުވެރިކޮށް ކުރަމުންދާއިރު މި ޕޯޓަލުގެ ސަބަބުން އިތުރު ކުރިއެރުމާއި ފުރުސަތުތައް ހުޅުވިގެންދާނެއެވެ.
އަދި ފަތުރުވެރިކަން އިޝްތިހާރުކުރަނީ ރާއްޖޭގެ ރީތި މަންޒަރުތައް ހިމަނައިގެން ކަމަށާއި ނަމަވެސް މި ސައިޓުގެ ސަބަބުން ފަތުރުވެރިކަމުގެ ތަސައްވުރު މުޅިން ބަދަލުވެގެންދާނެ އެވެ.
މި ޕޯޓަލް މެދުވެރިކޮށް ހަމައެކަނި ޕްރޮމޯޓްކުރެވެނީ ރަށުގެ ރީތިކަން އެކަނި ނޫން ކަމަށާއި ކޮންމެ ރަށެއްގައި ހުރި ހާއްސަކަންކަން ޕްރޮމޯޓް ކުރެވޭނެއެވެ.