ޝަހީދާ އަބްދުﷲ ސައީދު
ހއ. ހޯރަފުށީގައި ސަރުކާރުން އެޅުމަށް ހަމަޖެހިފައިވާ އެއާޕޯޓްގެ އަމަލީ މަސައްކަތުގެ އެއްބަސްވުމުގައި އެމްޓީސީސީން ސޮއިކޮށްފިއެވެ.
މިއަދު ހަވީރު ހޯރަފުށީގައި ބޭއްވި ރަސްމިއްޔާތުގައި މިއެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހުއެވެ.
މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝާހު ވިދާޅުވީ ކުރިއަށް އޮތް ތިން ދުވަހުގެ ތެރޭގައި އެއާޕޯޓް އެޅުމަށް ބޭނުންވާ ސާމާނު ހޯރަފުއްޓަށް ގެންދާނެ ކަމަށެވެ.
އެގޮތުން ށ. ފުނަދޫގައި އެއާޕޯޓް އަޅައި ނިމިފައިވާތީ، އެރަށުގައި ބޭނުންކުރި ސާމާނުތަކާއި އަދި ކުޅުދުއްފުށީގައި ހުރި ސާމާނުވެސް ހޯރަފުއްޓަށް ގެންދެވޭނެ ކަމަށް ޝާހު ވިދާޅުވިއެވެ.
ޝާހު ވިދާޅުވީ އެއާޕޯޓްގެ މަސައްކަތްވެސް ވަރަށް އަވަހަށް ފަށާނެ ކަމަށާއި އަދި މަހާޖައްރާފު ގެންދިއުމުގެ ކުރިން ބެޑް ޖެހުމާއި އެސްކަވޭޓަރު ގެންގޮސް ކޮނުމުގެ މަސައްކަތްވެސް ވަރަށް އަވަހަށް ފަށާނެ ކަމަށެވެ.