ގްރީސްގެ 198 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، ގްރީސްގެ ފޮރިން މިނިސްޓަރު، ދަ ހެލެނިކް ރިޕަބްލިކް، ހިޒް އެކްސެލެންސީ ޖޯ ކަޓްރޫގަލޮސްއަށް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.
ފޮރިން މިނިސްޓަރު ފޮނުއްވި މެސެޖުގައި ގްރީސް ސަރުކާރާއި ގްރީސް ރައްޔިތުންނަށް ތަހުނިޔާ އަރިސްކުރައްވައި، ދިވެހިރާއްޖެއާއި ގްރީސްއާ ދެމެދު އޮންނަ ގާތް ރަހުމަތްތެރި ގުޅުން މުސްތަގުބަލުގައި އިތުރަށް ބަދަހިވާނޭކަމުގެ އުންމީދު ފާޅުކުރައްވާފައިވެއެވެ.