ޚަބަރު

ހައިކޯޓުގެ އިސްފަނޑިޔާރު ކަމާއި ކުރިމިނަލް ކޯޓުގެ އިސްފަނޑިޔާރު ކަމަށް ކުރިމަތިލުމަށް ހުޅުވާލައިފި

އިބްރާހިމް ޒަކީ

ހައިކޯޓުގެ އިސް ފަނޑިޔާރު ކަމާއި ކުރިމިނަލް ކޯޓުގެ އިސްފަނޑީޔާރު ކަމަށް ކުރިމަލުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ހުޅުވާލައިފިއެވެ.

ހައި ކޯޓުގެ އިސްފަނޑިޔާރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިމިވަނީ އެ މަގާމުގައި ކުރިން ހުންނެވި ހާތިފް ހިލްމީ ހުސްވި ނޮވެމްބަރު މަހު އެމަގާމުން ރިޓަޔާ ކުރުމާ ގުޅިގެންނެވެ.

އެހެންވެހައި ކޯޓުގެ ހިންގުން އެ ކޯޓުގެ ފަނޑިޔާރު ހުސެއިން ޝަހީދާ ވަނީ ހަވާލުކޮށްފައެވެ.

ހައިކޯޓުގެ އިސްފަނޑިޔާރުކަމުގެ މަގާމުން ހާތިފް ހިލްމީ ރިޓަޔާކުރީ ވޭތުވެދިޔަ ދެ އަހަރު ދުވަހު އެ މަގާމު އަދާކުރެއްވުމަށްފަހުގައެވެ. ނަމަވެސް 2019 ވަނަ އަހަރުން ފެށިގެން ހައިކޯޓުގެ ފަނޑިޔާރުކަން އޭނާ ކުރައްވަމުން ގެންދެވިއެވެ.

ހާތިފް ފަނޑިޔާރުކަމުން ރިޓަޔާވެވަޑައިގަތީ އަމިއްލައަށް އެދިވަޑައިގެންނެވެ. އޭނާ 2009 ވަނަ އަހަރުން ފެށިގެން ސިވިލް ކޯޓުގެ ގާޒީއަކަށް ހުންނެވި އިރު، އޭގެ ކުރިން އޭނާ ވަނީ ކުރިމިނަލް ކޯޓުގެ އެސިސްޓަންޓް ލީގަލް އޮފިސަރުގެ މަގާމު ފުރުއްވައިފައެވެ.

ކުރިމިނަލް ކޯޓުގެ އިސް މަގާމުކަމަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލީ، ކުރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ޝަކީލް ހައިކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމުމާ ގުޅިގެންނެވެ.

ތޭވީސް މާޗު 2003 ގައި ފަނޑިޔާރު ކަމަށް އައްޔަންކުރެއްވި، ޝަކީލަކީ ގާނޫނީ ދާއިރާއިން ވިލާ ކޮލެޖުން ބެޗެލާ އޮފް ޝަރީއާ އަދި މާސްޓާ އޮފް ޝަރީއާ ހާސިލުކޮށްފައިވާ ބޭފުޅެކެވެ. 19 އަހަރު ފަނޑިޔާރުކަން ކުރައްވާފައިވާ އިރު، އއ. އުކުޅަހު މެޖިސްޓްރޭޓް ކޯޓާއި ޖުވެނައިލް ކޯޓާއި ފެމެލީ ކޯޓު އަދި ކްރިމިނަލް ކޯޓުގައި ޝަކީލް މަސައްކަތް ކުރެއްވިއެވެ.