ޚަބަރު

ޗައިނާއަށް 3.2 ބިލިޔަން ވަނީ ދަރައިފަ، އަޅުގަނޑުމެން މިތިބީ ގައުމު ޗައިނާއަށް ވިއްކާލައިގެން: ނަޝީދު

އިބްރާހިމް ޒަކީ

2

ރާއްޖެ މިއަދު ޗައިނާއަށް 3.2 ބިލިޔަން ރުފިޔާއަށް ދަރާފައިވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ލ.ފޮނަދޫގައި މިއަދު ހަވީރު ބޭއްވި އެމްޑީޕީގެ މަޖިލިސް ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ދިވެހި ރާއްޖޭގެ އިސްތިގުލާލު ގެއްލިގެން މިދަނީ ދިވެހި ރާއްޖެ އެންމެ ގައުމަކަށް ދަރާފައިވާ އަދަދު ބޮޑުވެގެން ކަމަށެވެ. އަދި ޗައިނާއިން އެހީގެ ފައިސާ ގެނައުމަށްފަހު ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމުގެ ސަރުކާރުން ފެށިޕް ރޮޖެކްޓްތައް ނިންމާފައިނުވާކަމަށްވެސް ވިދާޅުވިއެވެ. އެހެންކަމުން އެ ދަރަނި ދެއްކޭނެ ގޮތެއް ނެތްކަން ވެސް ރައީސް ނަޝީދު ފާހަގަ ކުރެއްވިއެވެ.

"ދިވެހި ރާއްޖޭގެ އިސްތިގުލާލު ގެއްލިގެން މިދަނީ ދިވެހި ރާއްޖެ އެންމެ ގައުމަކަށް ދަރާފައިވާ އަދަދު ބޮޑުވެގެން. ދިވެހި ރާއްޖެ މިއަދު ޗައިނާއަށް ދަރާފައި މިވަނީ 3.2 ބިލިޔަން ރުފިޔާއަށް. މި ހުރިހާ ފައިސާ ދިވެހި ރާއްޖެއަށް ގެނައިކަން، އަދި ގެނައުމަށްފަހުގައި އުފައްދާފައިވާ ތަކެތި އެ ފައިސާއިން މިއޮތީ، މިތާ މިއޮތް ތާރުގަނޑު ދެން ވިދާޅުވޭ އެ ތާރުގަނޑުން އަޅުގަނޑުމެން ފައިސާ ދައްކާނެގޮތެއް. އެއްވެސް މަސައްކަތެއް ނިންމާފަ އޮތީކީއެއްނޫން،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ، ބޭރު ގައުމުތަކުން ނަގާފައިވާ ދަރަނި ނުދައްކައިފިނަމަ ބޭނުންވާނީ އެކިއެކި ތަންތަނުގެ ހިއްސާކަމަށެވެ. އަދި ހިއްސާއާ އެކީގައި ގެއްލިދަނީ ގައުމުގެ އިސްތިގުލާލާއި، ބިމާއި، ގައުމުގެ މިނިވަންކަން ކަމަށްވެސް ވިދާލުވިއެވެ.

"ފައިސާ އަނބުރާ ނުދެއްކުނީމާ ބޭރުގެ ގައުމުތަކުން އެ ބުނަނީ ހިއްސާ ދޭށޭ. މި މަގުގެ ހިއްސާ ދޭށޭ. އެ ބްރިޖުގެ ހިއްސާދޭށޭ. އެހެރަ އިމާރާތުގެ ހިއްސާ ދޭށޭ. ހިއްސާއާއެކީގައި ގެއްލިދަނީ އިސްތިގުލާލު. ހިއްސާއާ އެކީގައި ގެއްލިދަނީ ބިން. ހިއްސާއާ އެކީ ގެއްލި ދަނީ އަޅުގަނޑުމެންގެ ދިވެހި ރާއްޖޭގެ މިނިވަންކަން. މިކަމަކީ މީގެއަަހަރުތަކެއް ކުރީގައި މާރަ ނގަޅަށް ދުނިޔެ، އިންސާނީ ތަޖުރިބާ އަޅުގަނޑުމެންނަށް ދައްކާފައިވާކަމެއް. އަޅުގަނޑުމެން މިތިބީ އަޅުގަނޑުމެންގެ ގައުމު ޗައިނާއަށް ވިއްކާލައިގެން،" ނަޝީދު ވިދާޅިވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީއަށް މަޖިލީހުގެ މެޖޯރިޓީ ހޯއްދަވައިގެން ކުރަންއުޅޭ ކަމަށާއި ރާއްޖޭގެ އިސްތިގުލާލު އަލުން އަނބުރައި، ލިބޭތޯ ބަލައި ދަރަނި ދެއްކޭތޯ ބެލުންކަމަށެވެ. އަދި އެޖެންޑާ 19 ގެ ބޭނުމަކީ ދިވެހި ރާއްޖެ ދިވެހިންގެ އަތުގައި ބޭއްވުން ކަމަށްވެސް ވިދާޅުވިއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟