ޚަބަރު

މަޖިލިސް އަޣުލަބިއްޔަތު ނުލިބިއްޖެނަމަ މުއައްސަސާތަކުން ސަރުކާރަށް ކުރާ އިތުބާރު ގެއްލޭނެ

އިބްރާހިމް ޒަކީ

1

ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު ނުލިބިއްޖެނަމަ މުއައްސާތަކުން ސަރުކާރަށް ކުރާ އިތުބާރު ކުޑަވެ، ފަނޑިޔާރުގެތަކުން ސަރުކާރާމެދު ދެކޭގޮތް ބަދަލުވެގެންގޮސް ހުކުމްތައް، ސިޔާސީ ކުލަވަރު ޖެހިގެން ނިކުންނަ ހުކުމް ތަކަކަށްވާކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީީޕީގެ މަޖިލިސް ކެމްޕެއިން ޖަލްސާގައި މިއަދު ލ. އިސްދޫގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އަޣުލަބއިްޔަތު ބޭނުން ވަނީ ވައުދު ފުއްދައިދިނުމަށް ކަމަށެވެ. އަދި މަޖިލީހުގެ އަޣުލަބިއްޔަތު ނުލިބުމުން ވެފައިވާ ވައުދުތައް ފުއްދަން ހަމައެކަނި ދަތިވަނީނޫން ކަމަށާއި، ސަރުކާރުވެސް ވަރަށް ބޮޑަށް ކަމީނާވެ ބަލިކަށިވެގެންދާނެ ކަމަށް ވިދާވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ، މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީއަށް ލިބިދޭންޖެހޭ ކަމަށް ވަކާލާތު ކުރައްވަނީ ތަރައްގީގެ ތަސައްވުރެއް އޮވެގެންކަމަށެވެ.

"މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީއަށް ލިބިދޭންޖެހޭ ކަމަށް ވަކާލާތު ކުރަނީ ތަރައްގީގެ ތަސައްވުރެއް އަަޅުގަނޑުމެންގެ އޮވޭ. އެ ތަސައްވުރަށް ވާސިލް ވުމަށްޓަކައި ޕާޓީގެ މެންބަރުންނަކީ ހިތްތަކުގައި ތަރައްގީގެ ތަސައްވުރެއް ކުރަހާފައިތިބޭ ބައެއް. ޕާޓީން ކުރާ މަސައްކަތަކީ ހިތްތަކުގެ އެ ތަސްވީރު ވައުދަށް ހެދުން،" ރައީސް ނަޝީދު ވިދާޅުވިއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟