އައިޖީއެމްއެޗްގައި ނަފްސާނީ ބަލިތަކަށް ހާއްސަކޮށް ''ސެންޓަރ ފޮރ މެންޓަލް ހެލްތު'' ރަސްމީކޮށް ހުޅުވައިފިއެވެ.
މިއަދު މިކަމަށްޓަކައި ހާއްސަކޮށްގެން އައިޖީއެމްއެޗްގައި ކުރިއަށް ދިޔަ ހަފްލާއެއްގައި ''ސެންޓަރ ފޮރ މެންޓަލް ހެލްތު'' ހުޅުއްވައި ދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އެވެ.
މި ރަސްމިއްޔާތުގައި އެމަނިކުފާނުގެ އަނބިކަންބަލުން، ފަސްޓް ލޭޑީ ފަޒްނާ އަހުމަދު ވެސް ވަނީ ބައިވެރިވެ ވަޑައިގެންފަ އެވެ.
ނަފްސާނީ ބަލިތަކަށް ހާއްސަކޮށްގެން އައިޖީއެމްއެޗްގައި މިއަދު ހުޅުވި ''ސެންޓަރ ފޮރ މެންޓަލް ހެލްތު'' އަކީ ރައީސް ސޯލިހުގެ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ވައުދެކެވެ. މިއާއެކު މި ސެންޓަރުން އާސަންދައިގެ ދަށުން ނަފްސާނީ އެކި ބަލިތަކަށް ފަރުވާ ހޯދުމަށް ފުރުސަތު ލިބިގެންދާނެ އެވެ.