ހުޅުމާލޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު އިބްރާހިމް އާޒިމް ވިދާޅުވީ ހުޅުމާލޭގައި ހުންނަ ސޮނީ ހާޑްވެއާ ކުރިމަތިން އޮންނަ ހުސް ބިމުގައި ހުރި ކުނިތަކެއްގައި އަލިފާން ރޯވިކަމުގެ މައުލޫމާތު އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއުއަށް ލިބިފައިވަނީ މިރޭ 12:18ގައި ކަމަށެވެ.
އެ ހާދިސާގައި އެ ހުސް ބިމުގައި ހުރި ކުނިތަކުގައި ރޯވި އަލިފާންގަނޑު މިރޭ 1:08 ހާއިރު އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު އިން ނިއްވާލާފައިވާ ކަމަށް އާޒިމް ވިދާޅުވިއެވެ.
އާޒިމް މައުލޫމާތުދެއްވި ގޮތުގައި އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވެފައެއް ނުވެއެވެ.