އއ.މާޅޮހު ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތުގެ ބޮޑުބައެއް ނިމިއްޖެއެވެ.
އެމްޓިސީސީން މިއަދު ބުނީ މާޅޮހު ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ 70 ޕަސެންޓުގެ މަސައްކަތް ނިމިފައިވާކަމަށެވެ.
މިއީ ޖުމުލަ 61.34 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. އަދި މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގައެވެ.
މި މަޝްރޫއުގައި ހާބަރު ބޭސިން ފުންކުރުމުގެ މަސައްކަތާއި، ނެރު ފުންކުރުމުގެ މަސައްކަތާއި، ބޭރުތޮށި ލުމުގެ މަސައްކަތް އަދި ރޭމްޕް ހެދުމުގެ މަސައްކަތް ހިމެނެއެވެ.