އދ. މާމިގިލިން އަހްމަދު ޖައިޝަން:
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ޖުމްހޫރީ ޕާޓީގެ ކެމްޕެއިނަށް ދައުލަތުގައި އެ ޕާޓިއަށް ނިސްބަތްވާ ވަޒީރުން އދ. މާމިގިއްޔަށް ވަޑައިގަންނަވައިފި އެވެ.
ދައުލަތުގެ ވަޒީރުން މާމިގިއްޔަށް ވަޑައިންނެވި އިރު އެ ބޭފުޅުނުންނަށް މަރުހަބާ ދެންނެވުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް ވަޑައިގެންނެވިއެވެ.
އެ ދަތުރުފުޅުގައި މާމިގިއްޔަށް ވަޑައިގެންފައިވަނީ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އާއި ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއި ކޮމިއުނިކޭޝަން އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލެވެ. އޭގެ އިތުރުން ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު އަދި ބައެއް ސްޓޭޓް މިނިސްޓަރުންނާއި ޖުމްހޫރީ ޕާޓީގެ އިސްވެރިން ވެސް ވަނީ ވަޑައިންނަވައިފައެވެ.
މިރޭގެ ޖަލްސާއަކީ ޖުމްހޫރީ ޕާޓީގެ ފަރާތުން މާމިގިލި ދާއިރާއަށް ވާދަކުރައްވާ އެޕާޓީގެ ލީޑަރު ގާސިމްގެ ކެމްޕެއިން ޖަލްސާއެވެ. އެގޮތުން މި ދަތުރުފުޅުގައި ގާސިމްގެ އޮފީސް ހުޅުވުމަށް ވަނީ ހަމަޖެހިފައެވެ.