ޝަހީދާ އަބްދުﷲ ސައީދު
މާފުށީ ޖަލުގައި ގާއިމްކުރި އުރީދޫ ސްމާޓް ކެމްޕަސް ޑިޖިޓަލް ކުލާސްރޫމު ނައިބު ރައީސް ފައިސަލް ނަސީމު މިއަދު ލޯންޗުކޮށްދެއްވައިފިއެވެ.
އުރީދޫ ސްމާޓް ކެމްޕަސް ޑިޖިޓަލް ކުލާސްރޫމު އިފުތިތާހުކޮށްދެއްވައި އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގައި ވަނީ އުރީދޫން އެފަދަ ހިދުމަތެއް ފޯރުކޮށްދެއްވީތީ އެކުންފުނީގެ އިސްވެރިންނަށް ޝުކުރު އަދާކުރައްވައިފައެވެ.
އަދި ޖަލުގައި ތިބޭ ގައިދީންނަކީ އިލްމާއި ހުނަރު ލިބިގެން އަނބުރާ މުޖުތަމައަށް ނުކުންނަންޖެހޭ ބައެއް ކަމަށާއި ސަރުކާރުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ގައިދީން ހެޔޮގޮތުގައި ތަމްރީނުކޮށް މުޖުތަމައަށް ނެރުމަށް ކަމަށް ނަައިބު ރައީސް ފައިސަލް ވިދާޅުވިއެވެ.
އެރަސްމިއްޔާތުގައި އުރީދޫގެ އިސްވެރިންނާއި ހޯމް މިނިސްޓަރު އައްޝައިޚު އިމްރާން އަބްދުﷲ އާއި ކޮމިޝަނާ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒުގެ އިތުރުން ސަރުކާރުގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގަތެވެ.