އުރީދޫ މޯލްޑިވްސް އިން ފާއިތުވި ދެ ރޯދަމަހަށް ހާއްސަކޮށްގެން ކާމިޔާބުކަމާއެކު ކުރިއަށްގެންދިޔަ ހަދިޔާ ފޮށީގެ ތެރެއަށް މިއަހަރުގެ ރޯދަމަހަށް ހާއްސަކޮށްގެން ކަރާފެޅުން ހިމަނައިފިއެވެ.
އުރީދޫއިން ދަނީ ކޮންމެ ރޯދަ މަހެއްގައި އުރީދޫގެ ކަސްޓަމަރުންނަށް ހާއްސަ އެތައް ކަމެއް ތައާރަފުކުރަމުންނެވެ. ފާއިތުވި ދެ ރޯދަމަހު އުރީދޫން ހަދިޔާފޮށި ތައާރަފުކުރުން ވެގެންދިޔައީ އެ ކުންފުނީގެ ކަސްޓަމަރުންގެ މެދުގައި ޝައުގުވެރިކަން ބޮޑު ކަމަކަށެވެ. ރޯދަމަހުގެ ކޮންމެ ދުވަހަކު ހަދިޔާ ފޮށި ފަޅައިގެން އުރީދޫގެ ކަސްޓަމަރުން ގެންދިޔައީ ތަފާތު އެކި ހަދިޔާތައް ހޯދަމުންނެވެ.
އުރީދޫން ބުނީ އެ ކުންފުނީގެ ކަސްޓަމަރުންނަށްޓަކައި ހަދިޔާ ފޮށްޓަށް، ހަދިޔާ އަޅާ ފުރާލާފައިވާ ކަމަށެވެ. އެގޮތުން ހާއްސަ އެއް އިނާމަކީ އެޕަލް ވިޝަން ޕްރޯއަކާއި ޕީއެސް 5، މޮބައިލް ފޯނު އަދި ޑިސްކައުންޓް ވައުޗަރެކެވެ. އެއީ މިދިޔަ ރޯދަމަހަށް ހާއްސަ އިނާމުތަކެވެ.
އުރީދޫގެ ހަދިޔާ ފޮށްޓަކީ އެ ކުންފުނީގެ ކަސްޓަމަރުންގެ މެދުގައި މަގުބޫލު އަދި ޝައުގުވެރި އޮފާއެކެވެ. އެހެންވެ އުރީދޫން ވަނީ މި ރޯދަމަހަށް ކަރާ ފެޅުން ވެސް ހިމަނައިފައެވެ.
ކުރީ ދެ އަހަރު އުރީދޫގެ ފަރާތުން ގެނެސްދިން ހަދިޔާފޮށީގެ ކާމިޔާބާއެކު މިއަހަރު އުރީދޫން ގެނެސްދޭނީ ސުޕާ އެޕް މެދުވެރިކޮށް "ކަރާ ފެޅުން" އެވެ.
އެގޮތުން ކޮންމެ ދުވަހަކުވެސް ހިތްގައިމު އިނާމުތަކެއް ހޯދުމުގެ ފުރުސަތަކަށް، އެޕުން ފެނިގެންދާ ކަރާ ފަޅާލުމަށް އެޕްގައި އެކްޓިވް އެންމެންނަށް ޓެޕް ކުރެވޭނެއެވެ. އެގޮތުން ކޮންމެ ދުވަހަކު ހިލޭ ޑޭޓާ އެޑް އޮންސް، އެއާފްރަޔާ، ވެކިއުމް ކްލީނާ، ނިންޓެންޑޯ ސްވިޗް، އެޕަލް ވޮޗް ފަދަ ހަދިޔާތައް ލިބިގެންދާނެއެވެ.
އުރީދޫން ބުނީ، މިއަހަރު ކަރާ ފެޅުން އުފާވެރި މަޖާ ތަޖުރިބާއަކަށް ވެގެންދާނެ ކަމަށް ޔަގީންކުރާ ކަމަށެވެ.
އޭގެ އިތުރުން ގްރޭންޑް ޕްރައިޒް ލިބޭ ފަރާތަކަށް އަގުހުރި 10 އެޕަލް ޕްރޮޑަކްޓްސްގެ ބިޔަ ބަންޑަލްއެއް ދޭން ވަނީ ނިންމައިފައެވެ. އޭގެ ތެރޭގައި އެޕަލް އައިފޯން 16 ޕްރޯ، މެކްބުކް އެއާ، އެއާޕޮޑްސް 4، އެޕަލް ވޮޗް، އެޕަލް ޓީވީ، އެޕަލް ހޯމްޕޮޑް، އެޕަލް އައިޕެޑް، އެޕަލް ޕެންސިލް، އެއާޕޮޑްސް މެކްސް އަދި 65 އިންޗީގެ ޓީވީ ހިމެނެއެވެ.
އުރީދޫގެ ކަރާ ފެޅުން ވެގެންދަނީ އެ ކުންފުނީގެ ކަސްޓަމަރުންނަށް ކޮންމެ ދުވަހަކު ކޮންމެ ވެސް ކަހަލަ ހަދިޔާއެއް ލިބި ހިނިތުންގެނުވައިދޭ ކަމަކަށެވެ.
އުރީދޫން ބުނީ އެ ކުންފުނީގެ އަމާޒަކީ ކަސްޓަމަރުންނަށް ފޯރުކޮށްދޭ އެފަދަ އޮފާތަކުން އުފާވެރިކަން ހޯދައިދިނުން ކަމަށެވެ.