20 އަހަރަށް ވުރެ ގިނަ ދުވަހު އެމްޑަބްލިއުއެސްސީ އަށް ހިދުމަތް ކުރެއްވި މުހައްމަދު ޝާފިއުގެ ހަނދާނުގައި އެ ކުންފުނީގެ ދިދަ ކުރިއަށް އޮތް ތިން ދުވަހު ބައިދަނޑިއަށް ތިރިކުރުމަށް އެމްޑަބްލިއުއެސްސީ އިން ނިންމައިފި އެވެ.
އެމްޑަބްލިއުއެސްސީގެ ކަސްޓަމާ ސާވިސް މެނޭޖަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ޝާފިއު އަކީ އެމްޑަބްލިއުއެސްސީގައި މަސައްކަތް ކުރަން ފެށި އެންމެ ފުރަތަމަ ދިވެވި މީހާއެވެ. ޝާފިއު ނިޔާވުމުގެ ހިތާމާގައި ކުންފުނީގެ ދިދަ ތިން ދުވަހަށް ބައިދަނޑިއަށް ތިރިކޮށްފައި ބެހެއްޓުމަށް ނިންމާފައިވަނީ ޝާފިއު ނިޔާވުމާއި ގުޅިގެން އޭނާގެ އާއިލާއަށް ތައުޒިޔާ ވިދާޅުވެ އާންމު ކުރި ޓުވީޓެއްގައެވެ.
މިއަދުގެ މަޣްރިބު ނަމާދަށްފަހު ޝާފިއުގެ މައްޗަށް ކަށުނަމާދު ކުރުން އޮންނާނީ އާސަހަރާ މިސްކިތުގައެވެ.