ޚަބަރު

މިއަދު ހެނދުނު އައި ދެ ބިންހެލުމުގެ އަސަރުވެސް ރާއްޖެއަކަށް ނުކުރާނެ: މެޓް

މިއަދު ހެނދުނު އައި ދެ ބިންހެލުމުގެ އަސަރު ރާއްޖެއަށް ނުކުރާނެކަމަށް ރާއްޖޭގެ މޫސުމާބެހޭ ގައުމީ އިދާރާ، މޯލްޑިވްސް ނެޝަނަލް މީޓިއޮރޮލޮޖިކަލް ސެންޓަރުން ބުނެފިއެވެ.

މެޓް އޮފީހުން ބުނީ އިންޑޮނޭޝިއާ ކައިރިއަށް، އުތުރު މޮލުކާ ކަނޑާއި، ޑިއެގޯ ގާސިއާއަށް މިއަދު ހެނދުނު ދެ ބިންހެލުމެއް އައިސްފައިވާ ކަމަަށެވެ.

އޭގެ ތެރެއިން މިއަދު ހެނދުނު 6:31 ޑިއޭގޯ ގާސިއާއަށް ވަނީ 5.4 މެގްނެޓިއުޑްގެ ބިންހެލުމެއް އައިސްފައެވެ.

މެޓް އޮފީހުން ބުނީ އިންޑޮނޭޝިއާ ކައިރިއަށް، އުތުރު މޮލުކާ ކަނޑަށް 6.6 ގެ ބިންހެލުން އައިސްފައިވަނީ ހެނދުނު 9:37ގައެވެ. އެއީ ރާއްޖެއާއި 5881ކިލޯ މީޓަރ ދުރަށް އައި ބިންހެލުމެކެވެ.

އަދި ޑިއޭގޯ ގާސިއާއަށް އައި ބިންހެލުމަކީ، ރާއްޖެއާއި 971.8 ކިލޯމީޓަރު ކައިރިއަށް އައި ބިންހެލުމެއް ކަމަށް މެޓް އޮފީހުން ބުންޏެވެ.

އެހެންކަމުން އެ ދެ ބިންހެލުމުގެ އަސަރު ވެސް ރާއްޖެއަށް ކުރާނެ ކަމަށް ނުބެލެވޭ ކަމަށް މެޓު އޮފީހުން ވަނީ ބުނެފައެވެ.


ނަމަވެސް މިއީ ރާއްޖެއަށް އަސަރުކުރާނެކަމަށް ބެލެވޭގޮތަށް އައި ފައިވާ ދެ ބިންހެލުމެވެ.