ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ފަރާތުން ވިލިމާލެއަށް ނެރެފައިވާ ކެންޑިޑޭޓް އަދި ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލް އަހުމަދުގެ ކެމްޕެއިންގައި ބައިވެރިވުމުން އެމްޓީސީސީގެ ސީއީއޯ ހަސަން ޝާހަށް ޖަމީލް ޝުކުރު ދަންނަވައިފިއެވެ.
ރޭ ވިލިމާލޭގައި ކުރިއަށް ދިޔަ ޑރ.ޖަމީލްގެ ކެމްޕެއިން ހަރަކާތެއްގައި ބައިވެރިވެ އެމްޓީސީސީގެ ސީއީއޯ ހަސަން ޝާހު ވަނީ ވާހަކަ ދައްކަވައިފައެވެ. އެގޮތުން ޝާހު ވަނީ ވިލިމާލެ ފެރީގެ އިތުރުން އެތެރޭގެ ދަތުރުފަތުރުގެ ނިޒާމް ރަނގަޅު ކުރައްވާނެކަމަށް ވިދާޅުވެފައެވެ. މީގެ އިތުރުން ވިލިމާލޭ ގައި އިލެކްޓްރިކް ބަހުގެ ހިދުމަތް ފެށޭތޯ މަސައްކަތް ކުރައްވާނެކަމަށް ޝާހު ވަނީ ވިދާޅުވެފައެވެ.
މިކަމާއި ގުޅިގެން ޖަމީލް ވަނީ ވިލިމާލެ ރައްޔިތުންނަށް އިތުރު ލުއި ފަސޭހަ ލިބޭނެ ހިދުމަތެއް ފެއްްޓެވުމުގެ ވާހަކަ ވިދާޅުވި ކަމަށްޓަކައި ޝާހު އަށް ޝުކުރު ދަންނަވައިފައެވެ.