ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ޒުވާނެއްގެ ކޮނޑުހުޅާއި ކޯ ކަށިގަނޑެއް ބިންދައިގެން ހިނގައްޖެ އެވެ.
މި ހާދިސާގައި ޒަޚަމްވެފައި ވަނީ އުމުރުން 19 އަހަރުގެ ޒުވާނަކަށެވެ. އޭނާގެ ކޮނޑުހުޅާއި ކޯކަށިގަނޑު ބިންދައިގެން ދިއުމުގެ އިތުރުން މޫނު މަށައިގެން ގޮސް އެކި ވަރުގެ އަނިޔާތައް ލިބިފައިފައިވެ އެވެ.
ޒަޚަމްވި ޒުވާނާއަށް އައިޖީއެމްއެޗުގައި ފަރުވާދެމުން އަންނަ އިރު، އެކްސިޑެންޓުވި އަނެއް ސައިކަލުގައި އިން މީހާ ސައިކަލާ އެކު ފިލާފައިވާ ކަމަށާއި އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުން މައުލޫމާތު ދިން ގޮތުގައި މި ހާދިސާ ހިނގާފައި ވަނީ ރޭ މެންދަމު 2:20ހާ އިރު، އަމީނީ މަގާއި ސިއްތިމާވާ ހިނގުން ގުޅުނު ކަންމަތީގަ އެވެ. ހާދިސާގައި އެކްސިޑެންޓުވި ދެ ސައިކަލުވެސް ދުއްވާފައި ވަނީ ވަރަށް ބާރު ސްޕީޑުގައި ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.