އިބްރާހިމް ޒަކީ
ހުއްދަ ނެތި ކޮމްޕިއުޓަަރުތަކާއި، ޑޭޓާބޭސްތަކަށް އެކްސެސްވުމާއި ސައިބާ ކްރައިމްގެ ކުށްތައް ކަނޑައަޅައި ގާނޫނުލް އުގޫބާތަށް އިސްލާހު ހުށަހަޅައިފިއެވެ.
ސަރުކާރުގެ ފަރާތުން މި ބިލު މިއަދު މަޖިލީހަށް ހުށަހެޅުއްވީ، ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުއިއްޒުއެވެ.
އިސްލާހުގައި ހިމަނާފައިވާ ކުށްތައް:
އެފަދަ ކުށަކަށް އަރައިގެންފި ނަމަ އަހަރަކަށްވުރެ ގިނަ ދުވަހަށް ޖަލަށް ލުމުގެ އަދަބު ކަނޑައެޅުމަށް ވެސް އެ އިސްލާހުގައި ވަނީ ހުށަހަޅައިފަ އެވެ.
ނަމަވެސް މި އިސްލާހުގައި އިސްތިސްނާތަކެއްވެސް ހިމަނާފައިވެއެވެ.
އެގޮތުން ކޯޓު އަމުރެއްގެ ދަށުން ނުވަތަ ގާނޫނަކުން ބާރު ލިބިގެން ދޫކޮށްފައިވާ ހުއްދައެއްގެ ދަށުން، އެ ކޯޓުގެ އަމުރުގައި ނުވަތަ ހުއްދައިގައި ބަޔާންކުރާ ގޮތުގެމަތިން ކޮމްޕިއުޓަކަރަށް ނުވަތަ ޕްރޮގްރާމަކަށް ނުވަތަ ޑޭޓާއަކަށް ނުވަތަ އެއިން އެއްޗެއްގެ ވަކި ބަޔަކަށް އެކްސެސް ވުމަކީ ކުށެއް ކަމުގައި ނުބެލެވޭނެ ކަމަށް ވަނީ ހިމަނައިފައެވެ.