ޚަބަރު

މުޅި ދުނިޔޭގައި ރާއްޖެއަށް ގެއްލިފައި އޮތް އިތުބާރު މި ސަރުކާރުން މިހާރު ވަނީ ހޯދައިދީފަ: ރައީސް

އިބްރާހިމް ޒަކީ

1

ވެރިކަމަށް ވަޑައިގެންނެވުމުގެ ކުރިން، މުޅި ދުނިޔޭ ގައި ރާއްޖޭގެ މައްޗަށް އޮތީ އިތުބާރު ގެއްލިފައި ކަމަށާއި، ވެރިކަމަށް ވަޑަައިގެން ކަންކަން ރަނގަޅު ކުރެއްވުމަށްޓަކައި ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތުން، އޭރު މުޅި ދުނިޔޭގައި ރާއްޖޭގެ މައްޗަށް ގެއްލިފައި އޮތް އިތުބާއު މި ސަރުކާރުން މިހާރު ހޯދައިދީފައިވާ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ށ.ފޯގައިދޫގައި މިރޭ ބޭއްވި އެމްޑީޕީގެ މަޖިލިސް ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވީ ވެރިކަމަށް ވަޑައިގެންނެވުމަށްފަހު، ކަންކަން ރަނގަޅު ކޮށް، ރައްޔިތުންނަށް ހެޔޮ ވެރިކަމެއް ކޮށްދެއްވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ދަށުން ބޭރު ދުނިޔެއިން ރާއްޖޭގެ މައްޗަށް ގެއްލިފައި އޮތް އިތުބާރު ހޯދުމާ ގުޅިގެން މިއަދު އެތައް ސަރުކާރަކާއި އެތައް ޖަމާއަޔްތަކަކާއެކުގައި މަސައްކަތްކުރަން ފެށިފައިވާ ކަމަށެވެ.

އަދި އެކަމުގެ ސަބަބުން ރާއްޖެއަށް ގިިނަގުނަ އެހީތަކާއި މަދަދުތައް ލިބެމުންދާ ކަމަށްވެސް ވިދާޅުވިއެވެ.

"ބޭރު ދުނިޔޭގައި ރާއްޖެއަށް އޭރު ގެލިއްފައި އޮތް އިތުބާރު މިހާރުވަނީ ހޯދިފައި. އިރާދަ ކުރެއްވިއްޔާ ކުރިއެކޭވެސް އެއްގޮތަށް ބައިނަލް އަގުވާމީ މުޖުތަމައުގައި ދިވެހި ރާއްޖެ، މިއަދުވަނީ އެތައް ސަރުކާރަކާއެކުުގައި އެތައް ޖަމާއަޔްތަކަކާ އެކުގައި މަސައްކަތްކުރަން ފެށިފަ. އޭގެ ސަބަބުން ރާއްޖެއަށް ގިިނަގުނަ އެހީތަކާއި މަދަދުތައް އެފަރާތްތަކުންމިހާރު ދަނީ ފޯރުކޮށްދެމުން. އަދި ގެއްލިފައިއޮތް އިތުބާރު، މުޅިދުނިޔޭގައި މި ސަރުކާރަށް މިހާރުވަނީ ހޯދައިދެވިފަ،" ރައީސް ސޯލިހު ވިދާޅުވިއެވެ.

ރައީސް ސޯލިހު ވިދާޅުވީ ވެރިކަމަށް ވަޑައިގެން މި ވޭތިވެދިޔަ މަސްތަކުގައި ގިނަ ކަންތައްތަކެއް ކުރައްވާފައިވާނެ ކަމަށެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟