ޚަބަރު

ޕާކިސްތާނުގެ ގައުމީ ދުވަހުގެ މުނާސަބަތުގައި ރައީސް ސޯލިހު ތަހުނިޔާ ފޮނުއްވައިފި

މަރިޔަމް ޝަހުދާ

ޕާކިސްތާނުގެ ގައުމީ ދުވަހުގެ މުނާސަބަތުގައި ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން އަށާއި އެ ގައުމުގެ ރައްޔިތުންނަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ތަހުނިޔާ ފޮނުއްވައިފިއެވެ.

އެމަނިކުފާނުގެ ތަހުނިޔޭގެ މެސެޖުގައި މި ފަދަ އުފާވެރި ދުވަހެއްގައި ރާއްޖެ އާއި ޕާކިސްތާނުގެ އެކުވެރިކަމުގެ ގުޅުން ފާހަގަކޮށް، ދެ ގައުމުގެ ކުރިއެރުމަށް އެކީ މަސައްކަތް ކުރާނެ ކަމަށް ރައީސް ވިދާޅުވެފައި ވެއެވެ.

މާޗް މަހުގެ 23 ވަނަ ދުވަހަކީ ޕާކިސްތާނުގެ ގައުމީ ދުވަހުގެ ގޮތުގައި ފާހަގަ ކުރަމުންއަންނަނީ 1940 ފެށިގެންނެވެ.

މާޗް 23 ޕާކިސްތަނުގެ ގައުމީ ދުވަހުގެ ގޮތުގައި ފާހަގަ ކުރަން ފެށީ، އެ ދުވަހަކީ އެ ގައުމުގެ އެންމެ ފުރަތަމަ ގާނޫނު އަސާސީ އެކުލަވާލައި އެއަށް އަމަލު ކުރަން ފެށި ދުވަސް ކަމުންނެވެ.