މާލޭ އެކުވެނި ޓެނިސް ކޯޓު ސަރަހައްދުގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ކުރެވިއްޖެ ކަމަށް އެމްއެންޑީއެފް އިން ބުނެފި އެވެ.
އެމްއެންޑީއެފް އިން ބުނީ މިހާދިސާ އެފަރާތަށް ރިޕޯޓް ކށޯްފައިވަނީ މިއަދު އިރުއޮއްސި 18:57 އެހާކަންހާއިރު ކަމަށެވެ.
މި ހާދިސާގައި އަލިފާން ރޯވެފައިވަނީ އެކުވެނި ޓެނިސްކޯޓުގެ ފުރަގަހުގައި ހުރި މުދާތަކެއްގައެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއްނުވެއެވެ.
މިހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ސާފުވެފައެއް ނުވެއެވެ.
ނަމަވެސް އެ ސަރަހައްދުގައި އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއުގެ ބޭފުޅުންގެ އިތުރުން ފުލުހުން ވަނީ ހަރަކާތްތެރިވެފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އަލިފާންގަނޑު ނިންވައިލުމަށް ގިނަވަގުތު ނެގީ ރޯވި ތަނުގައި ގިނަ އަދަދެއްގެ ރަބަރުތަކެއް ހުރުމުންނެވެ.