މާލޭ އެކުވެނި ޓެނިސް ކޯޓު ސަރަހައްދުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.
ރޯވެފައި ވަނީ މާލޭ އެކުވެނި ޓެނިސް ކޯޓު ފުރަގަހުގައި ހުރި މުދާ ތަކެއްގައި ކަމައް އެމްއެންޑީއެފް އިން މައުލޫމަތު ދެއެވެ. މިހާދިސާގެ ރިޕޯޓު އެމްއެންޑީއެފް އަށް ލިބިފައިވަނީ މިއަދު 18:57 ގައި ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.
އެމްއެންޑީއެފް އިން މިހާރު އަންނަނީ އަލިފާން ކޮންޓްރޯލް ކުރުމުގެ މަސައްކަތް ކުރަމުންނެވެ.
އެގޮތުން ދެންމެ އެމްއެމްޑީއެފުން ބުނީ ރޯވެފައިވާ އަލިފާންގަނޑުގެ %90 މިހާރު ކޮންޓްރޯލް ކުރެވިފައިވާކަމަށެވެ.
އެމްއެންޑިއެފުން މީގެ ކުޑައިރުކޮޅެއް ކުރިން ބުނީ އަލިފާންގަނޑު ކޮންޓްރޯލް ވެއްޖެކަމަށެވެ.