ޚަބަރު

ބުރުނީ ބޭރުތޮށި ލުމުގެ މަސައްކަތް ފަށައިފި

ޖަޒްލާ މުހައްމަދު މޫސާ

ތ. ބުރުނީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ދަށުން، ބޭރު ތޮށި ލުމުގެ މަސައްކަތުގެ 20 އިންސައްތަ ފުރިހަމަކޮށްފައިވާ ކަމަށް އެ މަސައްކަތުގެ ކޮންޓްރެކްޓަރު އެމްޓީސީސީން ބުނެފިއެވެ.

މިއީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 23 ގައި، އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަސައްކަތެކެވެ. މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގައެވެ.

މި މަޝްރޫއުގެ ދަށުން، ގިރާ ސަރަހައްދަށް ވެލި އެޅުމުގެ މަސައްކަތުގެ 27 އިންސައްތަ މިހާރުވަނީ ފުރިހަމަކޮށްފައެވެ. މީގެ އިތުރުން 21,181.80 ކިއުބިކް މީޓަރުގެ ވެލި ގިރާ ސަރަހައްދަށް އެޅުމާއި 220 މީޓަރުގެ ރިވެޓްމެންޓް ޖެހުމާއި، 369 މީޓަރު ބޭރު ތޮށިލުން ހިމެނެއެވެ. މިއީ 240 ދުވަސްތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވާ 27.2 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.