އެމްއެންޑީއެފް ނޮދަން އޭރިޔާ ކޮމާންޑްގެ ފަރާތުން ހއ.އިހަވަންދޫއަށާއި އެ އަތޮޅު ހޯރަފުއްޓަށް ފަޔާރ ޕަންޕް ސިސްޓަމެއް ހަދިޔާ ކޮށްފި އެވެ.
އިހަވަންދޫގައި މިކަމަށް ހާއްސަކޮށްގެން މިއަދު ކުރިއަށް ގެންދިޔަ ހަފްލާގައި އިހަވަންދޫ ކައުންސިލާއި އެމްއެންޑީއެފްގެ ފަރާތުން ފަޔާރ ޕަމްޕް ސިސްޓަމް ހަވާލުކޮށްދީފައި ވަނީ ޗީފް އޮފް ޑިފެންސް ފޯސް މެޖާ ޖެނެރަލް އަބްދުﷲ ޝަމާލް އެވެ. ހއ.ހޯރަފުށީ ކައުންސިލާއި އެމްއެންޑީއެފްގެ ފަޔާރ ޕަމްޕް ސިސްޓަމް ހަވާލުކޮށްދީފައި ވަނީވެސް ޗީފް އޮފް ޑިފެންސް ފޯސް މެޖާ ޖެނެރަލް އަބްދުﷲ ޝަމާލް އެވެ.
މިކަމާ ގުޅިގެން ޝަމާލް ކުރެއްވި ޓުވީޓެއްގައި ވަނީ އާންމު މުޖްތަމައުގެ ރައްކާތެރިކަމަށް މުޖްތަމައުގައި ސަލާމަތާއި ގުޅޭ އެކި ހަރަކާތްތައް ހިންގުމަކީ ލީޑަރެއްގެ މަގާމުގައި ހުންނަ މީހަކަށް އެންމެ މުހިންމު އެއް ކަމަށް ވާން ޖެހޭނެ ކަމަށް ވިދާޅުވެފައެވެ.