ޝަހީދާ އަބްދުﷲ ސައީދު
ރ. އަލިފުށި ސާފުކުރުމަށް ހިންގާ ޕްރޮގްރާމް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ފައްޓަވައިދެއްވައިފިއެވެ.
އަލިފުށީ އެންވަޔަރަންމަންޓް ސޮސައިޓީގެ ފަރާތުން އިސްނަގައިގެން ކުރިއަށްގެންދާ ފެނުގެ ދުވަހާއި މޫސުމާބެހޭ ދުވަސް ފާހަގަކުރުމުގެ ގޮތުން ޕްލާސްޓިކް މަދުކުރުމަށް ބާއްވާ ސާފު ކުރުމުގެ ޕްރޮގްރާމް ފައްޓަވައިދެއްވީ އަލިފުށީ ދާއިރާއަށް ވާދަކުރައްވައި މުހައްމަދު ރަޝީދުގެ ކެމްޕެއިނަށް އެމަނިކުފާނު ކުރެއްވި ދަތުރުފުޅުގައެވެ.
މިދަތުރުފުޅުގައި އަލިފުއްޓަށް ވަޑައިގެން އެރަށުގައި ހުންނަ ބޯޓުޔާޑަށް މިއަދު ވަޑައިގެން އެތަނުގެ މަސައްކަތްތައް ކުރިއަށްދާގޮތް ރައީސް ސޯލިހު ބައްލަވައިލެއްވިއެވެ.