ޚަބަރު

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި މުވައްޒަފުންނަށް ހާއްސަ ޖިމެއް ހުޅުވައިފި

މުހައްމަދު އިޝާން

1

ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ޖިމެއް ހުޅުވައިފިއެވެ.

އެ ޖިމް ހުޅުއްވައިދެއްވީ ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދެވެ. ޖިމް ހުޅުއްވައިދެއްވުމަށް ފަހު، ނަޝީދު ވަނީ މަޖިލީހުގެ ބައެއް މެންބަރުންނާއެކު ޖިމް ބައްލަވައިލައްވައިފައެވެ.

މަޖިލީހުން ބުނީ ޖިމް ހަދާފައިވަނީ 12 ވަނަ ފަންގިފިލާގައި ކަމަށާއި އަދި އެ ޖިމަކީ ޕާކިސްތާނުގެ ހިލޭ އެހީގެ ދަށުން ހެދި ތަނެއް ކަމަށެވެ. ޖިމަށް އަދި ބޭނުންކުރެވޭނީ މަޖިލީހުގެ މެންބަރުންނަށާއި މުވައްޒަފުންނަށެވެ.

ރައްޔިތުންގެ މަޖިލީހުގައި ރެސްޓޯރެންޓަކާއި ޖިމަކާއި ފިހާރައެއް ހެދުމުގެ މަަސައްކަތް ކުރަމުން އަންނަ ކަމަށް ނަޝީދު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟