އިބްރާހިމް ޒަކީ
އަމީނީމަގު ނިންމަން ދީފައިވާ އާ ތާރީހަކީ އަންނަ ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަސް ކަމަށް މިނިސްޓާ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
ތާރު އަޅައިގެން ޒަމާނީ ފެންވަރަށް އަމީނީ މަގު ތަރައްގީ ކުރުމަށް މިހާރު ކުރިއަށްގެންދާ މަޝްރޫއުގެ މަސައްކަތަށް ބޭނުންވާ ހުރިހާ ސާމާނެއް ގެނެސްފައިވޭތޯ އާއި އެމަގު ހަދާ ނިންމުމަށް ކަނޑައަޅާފައިވާ ތާރީހާ ބެހޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހެންވޭރު ހުޅަނގު ދާއިރާގެ މަޖިލިސް މެންބަރު ހަސަން ލަތީފު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު އަސްލަމް ވިދާޅުވީ، އެ މަގު ހެދުމުގެ މަސައްކަތަކީ އާރުޑީސީން ކުރިއަށް ގެންދާ މަސައްކަތެއް ކަމަށާއި، މަސައްކަތް ކުރިއަށް ގެންދަނީ އެ މަސައްކަތަށް ބޭނުންވާ ވަރަކުން ތަކެތި ގެނެސްގެން ކަމަށެވެ.
"އަމީނީމަގު ހެދުމަށް ކޮންޓްރެކްޓްގައި ސޮއިކުރީ މި ފެބްރުއަރީ ނިމޭއިރު މަސައްކަތް ނިންމަން، ސޮއި ކުރުމަށްފަހު އެއްނެބޮޑަށް ދިމާވި މައްސަލއަކީ ޕްރޮވިޝަންތައް ލުމަށްޓަކައި އެމްޑަބްލިއުއެސްސީ، އަށް ބޭނުންވާ ހޮޅިތައް، އެ ސަޕްލައި ޗޭނުގައިހުރި ޑިފިކަލްޓީސްއާހެދި އެމްޑަބްލިއުއެސްސީއަށް އެކަން ކުރުމުގައި ދިމާވި ދަތިތައް، އެހެންވީމަ އެ ދަތިތަކަށް ކޮންސިޑާ ކޮށްފަ އަޅުގަނޑުމެންމިހާރު ވާނެ ރިވައިޒް ކޮމްޕްލީޝަން ތާރީހެއް ކަނޑައަލައިފަ، އެއީ 27 ސެމްޓެމްބަރު 2023،"