ޚަބަރު

ތިޖޫރީ ވަގަށް ނެގި މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށްފި، ތިޖޫރީ އާއި ފައިސާ ނުފެނޭ

އަހުމަދު ޖައިޝަން

ޖުމްލަ 550،000 ރުފިޔާ ހުރި ތިޖޫރީއެއް ރ. އުނގޫފާރުގެ ގެއަކުން ވަގަށް ނެގި މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ކޯޓު އަމުރެއްގެ ދަށުން މިރޭ ވަނީ 25 އަހަރުގެ މީހެއް ހައްޔަރުކޮށްފައި ކަމަށެވެ.

އެ މައްސަލައިގައި މިއަދުގެ ވަގުތެއްގައި ވަނީ 27 އަހަރުގެ މީހެއް މީގެ ކުރީން ހައްޔަރުކޮށްފައެވެ.

ވަގަށް ނެގި ތިޖޫރީ ހޯދުމުގެ މަސައްކަތް ކުރަމުންދާއިރު މިހާތަނަށް އެ ތިޖޫރީ އާއި ފައިސާ ފެނިފައި ނުވާ ކަމަށް ފުލުހުން ބުނެއެވެ.

މިއަދު 13:32 ހާއިރު ވަގަށް ނަގާފައިވާ ތިޖޫރީއަކީ އެރަށު ވެސްޓް ބީޗް ރެސްޓޯރަންޓް ހިންގާ ފަރާތުގެ ގޭގައި ހުރި ތިޖޫރީއެއް ކަމަށެވެ.