ޖުމްލަ 550،000 ރުފިޔާ ހުރި ތިޖޫރީއެއް ރ. އުނގޫފާރުގެ ގެއަކުން ވަގަށް ނަގައިފި އެވެ.
ފުލުހުން ބުނީ މިއަދު 13:32 ގައި ވަގަށް ނަގާފައިވާ ތިޖޫރީއަކީ އެރަށު ވެސްޓް ބީޗް ރެސްޓޯރަންޓް ހިންގާ ފަރާތުގެ ގޭގައި ހުރި ތިޖޫރީއެއް ކަމަށެވެ.
އެ މައްސަލައާ ގުޅިގެން މީހަކު ވަނީ އެ ރަށުން ހައްޔަރުކޮށްފައެވެ. ކޯޓު އަމުރެއްގެ ދަށުން މިއަދު ހައްޔަރުކޮށްފައިވަނީ އުމުރުން 27 އަހަރުގެ މީހެއް ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ދަނީ އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ،