ހއ. ހޯރަފުށީގެ ނީސް ގެކައިރީގައި ބަހައްޓާފައިހުރި ސައިކަލެއްގައި ރޯކޮށްލައިފިއެވެ.
ފުލުހުން ބުނީ މިއަދު 1537 ހާއިރު ހޯރަފުށީ ގެއެއްގެ ކައިރީ ހުރި ސައިކަލެއްގައި ރޯކޮށްލާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.
އެ ހާދިސާގައި ސައިކަލު ވަނީ ބޭނުން ނުކުރެވޭ ވަރަށް ރޯވެފައި ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
އެ މައްސަލައާ ގުޅިގެން ވަނީ މީހަކު ހައްޔަރުކޮށްފައި ވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. ފުލުހުން ބުނީ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ އުމުރުން 28 އަހަރުގެ މީހެއް ކަމަށެވެ.