އަންނަ މަހުގައި ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޖުމްހޫރީ ޕާޓީއަށް ލިބޭނީ ހަމައެކަނި ހަ ގޮނޑި ނޫން ކަމަށާއި އެ ޕާޓީ އަދި އެހާ ނިކަމެތި ގޮތަކަށް ނުފެންނާނެ ކަމަށް އެ ޕާޓީގެ ރައީސް އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.
އަލީ ވަހީދު މިހެން ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ފަރާތުން ދަނގެތި ދާއިރާއަށް ކުރިމަތިލާ ކާނަލް ނާޒިމްގެ ދާއިރާގައި ހިމެނޭ ދިގުރަށުގެ ރައްޔިިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
އަލީ ވަހީދު މިހެން ވިދާޅުވި އިރު ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީނާ ގުޅިގެން މަޖިލީހުގެ ހަ ގޮނޑިވެސް ކާމިޔާބު ނުކުރެވޭނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ރޭގައި ވަނީ ވިދާޅުވެފައެވެ.
ޖުމްހޫރީ ޕާޓީއަކީ ރާއްޖޭގެ ސިޔާސީ ގޮތުން މިސްރާބު ކަނޑައެޅުމުގައި ސަމުގާގެ ގޮތުގައި ރާއްޖޭގެ ސިޔާސީ މަސްރަހު ބަލާފައި އޮތް ޕާޓީއެއް ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.
"އެހެންވީމަ ޖުމްހޫރީ ޕާޓީއަކީ އެހާ ނިކަމެތި ޕާޓީއެއް ގޮތުގައި މި އިންތިހާބްގައި ފެނިގެނެއް ނުދާނެ،" އޭނާ ވިދާޅުވިއެވެ.