މޯލްޑިވްސް ކަރެކްޝަނަލް ސާވިސް

ހާޓް އެޓޭކެއް ޖެހުނު ގައިދީއަކަށް ފަރުވާދޭން ފަށައިފި

މުހައްމަދު އައުޒަމް

ކ. ހިންމަފުށީ އައްސޭރި ޖަލުގައި ހުކުމް ތަންފީޒު ކުރަމުދާ ގައިދީއަކަށް ހާޓް އެޓޭކެއް ޖެހިގެން އިމަޖެންސީގައި މާލެ ގެނެސް އައިޖީއެމްއެޗުގައި ފަރުވާދޭން ފަށައިފިއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އޮފިޝަލަކު ވިދާޅުވީ 10 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން އަންނަ އުމުރުން 50 އަހަރުގެ އެމީހާ މާލެގެނައީ ހިންމަފުށީ ސިއްހީ މަރުކަޒުގައި ފަރުވާދިނުމަށްފަހު އިތުރު ފަރުވާއަށް މާލެ ގެނައުމަށް ޑޮކްޓަރު ލަފާދިނުމުން ކަމަށެވެ.

އެ ގައިދީއަށް އިތުރު ފަރުވާދިނުމަށް އެންޖީއޯގްރާމް ހެދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވެސް ކަރެކްޝަންސްގެ އޮފިޝަލް ވިދާޅުވިއެވެ.

އޮފިޝަލް ވިދާޅުވީ އެ ގައިދީ އަކީ ކުރިން އެއްވެސްގޮތަކަށް ހިތުގެ މައްސަލައެއް ރެކޯޑްކުރެވިފައިވާ ގައިދީއެއް ނޫން ކަމަށެވެ.