ޚަބަރު

މިއަހަރު ރާއްޖޭގެ 59،989 އާބާދީއަށް ސާފު ބޯފެން ފޯރުކޮށްދެވޭނެ : މިނިސްޓަރު

މި އަހަރު ރާއްޖޭގެ 59،989 އާބާދީއަށް ސާފު ފެނުގެ ހިދުމަތް ފޯރުކޮށްދެއްވާނެ ކަަމަށް އެންވަޔަރަންމެންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ރަޝީދު މިހެން ވިދާޅުވީ ބައިނަލްއަގުވާމީ ފެނުގެ ދުވަހުގެ މުނާސަބަތުގައި އއ. މަތިވެރީގައި ކުރިއަށް ގެންދިޔަ ހަރަކާތެއްގައި ދެއްކެވި ވާހަކަފުޅެއްގައެވެ.

މިނިސްޓަރު ރަޝީދު ވިދާޅުވީ މިއަހަރުގެ ބަޖެޓުގައި ވަނީ 82 ރަށެއްގައި ފެނުގެ ނިޒާމު ގާއިމުކުރުމަށް ހިމަނާފައި ކަމަށެވެ.

މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ވާރޭ ފެން ނެގުމުގައި ދުރާލާ ތައްޔާރުވެވެން މިހާރު ނޯންނަ ކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

"އަދި މި ބިމުގެ ތުނި ނާޒުކު ފެންފަށަލަ މިވަނީ އިންސާނުންގެ ނޭދެވޭ އަމަލުތަކުގެ ސަބަބުންނާއި ރައްކާތެރިނޫން ނަރުދަމާގެ ބާވަތްތަކުގެ ސަބަބުން ތަޣައްޔަރުވެ ބޭނުން ނުކުރެވޭ މިންވަރަށް ގޯސްވެފައި،" މިނިސްޓަރު ވިދާޅުވިއެވެ.

އެއާއެކު ރަށްރަށުގައި ސަރުކާރުން ގާއިމުކުރާ ރައްކާތެރި ފެނުގެ ނިޒާމު ރަނގަޅަށް ބޭނުން ކުރަން ޖެހުނު ނަމަވެސް އެކަންތައް އެންމެ އެދެވޭ ގޮތުގައި ނުކުރާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.