ޚަބަރު

އެމްޑީޕީ ކެމްޕެއިނަށް ރައީސް ސޯލިހު އަލިފުއްޓަށް ވަޑައިންނަވައިފި

އަހުމަދު ޖައިޝަން

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕެއިންގެ މަސައްކަތަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ރ. އަތޮޅު އަލިފުއްޓަށް ވަޑައިންނަވައިފި އެވެ.

ރައީސް ސޯލިހު ދާދި ދެންމެއަކު އަލިފުއްޓަށް ވަޑައިންނެވުމާއެކު އެރަށުގެ ރައްޔިތުންވަނީ އެމަނިކުފާނަށް ވަރަށް ހޫނު މަރުހަބާ އެއް ދަންނަވާފައެވެ.

އެމަނިކުފާނު އަލިފުއްޓަށް ވަޑައިންނަވާފައިވަނީ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން އަލިފުށި ދާއިރާއަށް ވާދަކުރާ މުހައްމަދު ރަޝީދު ހުސައިންގެ ކެމްޕެއިން ރަސްމިއްޔާތަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ކެމްޕެއިންގެ ދަށުން ރ. އަތޮޅަށާއި ށ. އަތޮޅުގެ ރަށްތަކަށް އެ ދަތުރުފުޅުގައި ރައީސް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

އެމްޑީޕީގެ ކެމްޕެއިނަށް އެމަނިކުފާނު މިދިޔަ ހަފްތާގައި ވަނީ ޅ. އަތޮޅަށާއި ނ. އަތޮޅަށް ވަޑައިންނަވާފައެވެ.