ޚަބަރު

އިމިގްރޭޝަންގައި ކުރީން ހިންގާފައިވާ ހުރިހާ ޖަރީމާތައް ރައްޔިތުންނަށް ތިލަކުރާނަން : ހަނަފީ

އަހުމަދު ޖައިޝަން

2

އެއްވެސް މީހަކަށް، ކުލައަކަށް އަދި ކުންފުންޏަކަށް ބެލުމެއް ނެތި މީގެކުރީން އިމިގްރޭޝަނުން ކުރިއަށް ގެންގޮސްފައިވާ ޖަރީމާ މައްސަލަތަކެއް ބަލައި، ރައްޔިތުންނާ އެކަންކަން ތިލަކުރައްވާނެ ކަމަށް އިމިގްރޭޝަންގެ ކޮންޓްރޯލާ މުހައްމަދު އަހުމަދު ހުސައިން (ހަނަފީ) ވިދާޅުވެއްޖެ އެވެ.

މުހައްމަދު އަހުމަދު ހުސައިން މިހެން ވިދާޅުވީ އޭނާ ރޭގައި ކުރެއްވި ޓްވީޓެއްގައެވެ.

އޭނާ ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ޒީރޯ ޓޮލަރެންސް ޓު ކޮރަޕްޝަން ނަގަހައްޓާ ދަމަހައްޓަވާނެ ކަމަށެވެ.

ބިދޭސީ މަސައްކަތްތެރިން ރާއްޖެ ގެނައުމުގެ މަރުހަލާގައި ގަވައިދާ ހިލާފަށް ކަންތައްތައް ކޮށްފައިވާ ކަމަށް ބެލެވޭ 67 މީހެއްގެ މައްސަލަ ބަލަމުން ގެންދާ ކަމަށް އިމިގެރޭޝަނުން ވަނީ ރޭގައި ބުނެފައެވެ.

އިމިގްރޭޝަނުން ބުނީ އެ 67 ފަރާތްތަކުންގެ ތެރޭގައި އާންމުންގެ ފަރާތްތަކާއި ކުންފުނިތައްވެސް ހިމެނޭ ކަމަށެވެ.

އެ ފަރާތްތަކުގެ ތެރެއިން 27 ކުންފުންޏަކަށް ވާނީ އިދާރީ ފިޔަވަޅު އަޅާފައި ކަމަށް އިމިގްރޭޝަނުން ބުނެއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟