ބިދޭސީ މަސައްކަތްތެރިން ރާއްޖެ ގެނައުމުގެ މަރުހަލާގައި ގަވާއިދާ ހިލާފަށް ކަންތައްތައް ކޮށްފައިވާ ކަމަށް ބެލެވޭ 67 މީހެއްގެ މައްސަލަ ބަލަމުން ގެންދާ ކަމަށް އިމިގްރޭޝަނުން ބުނެފިއެވެ.
އިމިގްރޭޝަނުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ބިދޭސީން ގެނައުމުގައި ގަވާއިދާ ހިލާފަށް މަސައްކަތް ކުރުމާއި އެމީހުން ގެނައުމަށްފަހު ޒިންމާ އަދާކުރުމުގައި އިހުމާލުވެފައިވާ ކަމަށް ފާހަގަކުރެވޭ 67 މީހެއްގެ މައްސަލަ ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
އިމިގްރޭޝަނުން ބުނީ އެ 67 ފަރާތްތަކުންގެ ތެރޭގައި އާންމުންގެ ފަރާތްތަކާއި ކުންފުނިތައްވެސް ހިމެނޭ ކަމަށެވެ.
އެ ފަރާތްތަކުގެ ތެރެއިން 27 ކުންފުންޏަކަށް ވާނީ އިދާރީ ފިޔަވަޅު އަޅާފައި ކަމަށް އިމިގްރޭޝަނުން ބުނެއެވެ.
އެ ބަޔާނުގައި ބުނެފައިވަނީ ގަވާއިދާ ހިލާފަށް ބިދޭސީން އެތެރެކޮށްފައިވަނީ އޮޅުވާލައިގެން ކޯޓާ ހޯދައިގެން ކަމަށެވެ.
އަދި އެ ކޯޓާ ހޯދާފައިވަނީ ސައްހަ ނޫން ލިޔެކިޔުން ހުށަހަޅައިގެން ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.