ޚަބަރު

އަޅުގަނޑުމެންނަކީ ވައުދު ވާ ބައެއް، އެ ފުއްދަންވެސް އެނގޭ ބައެއް: ރައީސް

އަހުމަދު ޖައިޝަން

އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ފަރާތްތަކަކީ ވައުދުވާ ބައެއް ކަމަށާއި އެ ވައުދުތައް ފުއްދަންވެސް އެނގޭ ބައެއް ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހު މިހެން ވިދާޅުވީ އެމްޑީޕީގެ ފަރާތުން އިންތިހާބުގައި ހުޅުމާލެ ދާއިރާއަށް ވާދަކުރައްވާ އަލީ ނިޔާޒުގެ ކެމްޕެއިން ޖަލްސާގައި ރޭ ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސް ސޯލިހު ވިދާޅުވީ އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވީ އަދާލަތު ޕާޓީއާއި ޖުމްހޫރީ ޕާޓީ އާއި ކުރީގެ ރައީސް މައުުމޫން އަބްދުލްގައްޔޫމާ ގުޅިވަޑައިންނަވައި، ގިނަ ވައުދުތަކެއް ވުމަށްފަހުގައި ކަމަށެވެ.

"އެ ވައުދުތައް ފުއްދުމަކީ އަޅުގަނޑާއި އަޅުގަނޑުގެެ ބައިވެރިން ކުރަން ޖެހިފައި އޮތް ކަމެއް. ރައްޔިތުންނަށް ވީ ވައުދުތަކެއް އެއީ. އަޅުގަނޑުގެ ޒިންމާއެއް، ވާޖިބެއް، އެއީ އެ ވައުދުތައް ފުއްދުމަށްޓަކައި ކުރަން ޖެހޭ ކަންތައްތައް ކުރުން،" ރައީސް ސޯލިހު ވިދާޅުވިއެވެ.

ވެރިކަމާ ހަވާލުވެވަޑައިގަތުމާއެކު ވެފައިވާ ވައުދުތަކުގެ މަސައްކަތްތައް ފަށްޓަވައިގެން ކުރިއަށް ގެންދަވާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"ވޭތުވެ ދިޔަ ތިން ވަރަކަށް މަސް ދުވަަސް ތެރޭގައި އޭގެތެރެއިން ވަނީ ގިނަ ކަންތައްތަކެއް ރައްޔިތުންނަށްޓަކައި އަޅުގަނޑުމެންނަށް ކޮށްދެވިފައި،" އެމަނިކުފާނު ވިދާޅުވިއެވެ.