ޚަބަރު

މާލޭގެ ބޯހިޔާވަހިކަމުގެ މަޝްރޫއު ދެ ހަފްތާއެއްގެ ތެރޭ އިއުލާނު ކުރާނަން: ރައީސް

އަހުމަދު ޖައިޝަން

2

މާލޭގެ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ "ބިޔަ" މަޝްރޫއު ކުރިއަށް އޮތް ދެ ހަފްތާއެއްގެ ތެރޭގައި އިފްތިތާހުކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހު މިހެން ވިދާޅުވީ އެމްޑީޕީގެ ފަރާތުން އިންތިހާބުގައި ހުޅުމާލެ ދާއިރާއަށް ވާދަކުރައްވާ އަލީ ނިޔާޒުގެ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މީގެކުރީން ބޭއްވެވި ކެމްޕެއިންގެ ޖަލްސާއެއްގައި ރައީސް ސޯލިހު ވަނީ ވަރަށް އަވަހަށް މާލޭ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ ބިޔަ މަޝްރޫއެއް އިއުލާންކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

ރައީސް ސޯލިހު މިރޭ ވިދާޅުވީ އަލަށް އިފްތިތާހުކުރައްވާ އެ މަޝްރޫއުގެ ދަށުން މާލޭ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް މިހާރަށްވުރެ އަގުހެޔޮކޮށް ބޯހިޔާވަހިކަން ލިބިގެންދާނެ ކަމަށެވެ.

"ރާއްޖޭގައި ބޯހިޔާވަހިކަން ބޭނުންވެފައި ތިބި ކޮންމެ މީހަކަށް ބޯހިޔާވަހިކަން ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ހޯދައިދޭނަން،" އެމަނިކުފާނު ވިދާޅުވިއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟