ޚަބަރު

ހައްގު މިންވަރަކީ ޖަހާނެ އެޑްރެހެއް އޮތުން، ދަފްތަރެއްގައި އޮތުމެއް ނޫން: އަލްހާން

އަހުމަދު ޖައިޝަން

1

ގައުމުގެ ރައްޔިތަކަށް ވީތީ ހައްގު މިންވަރަކީ އެމީހަކު ޖަހާލާނެ އެޑްރެހެއް އޮތުން ކަމަށާއި ދަފްތަރެއްގައި ނަން ޖަހާފައި އޮތުމެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ފަރާތުން ހެންވޭރު އުތުރު ދާއިރާއަށް ވާދަކުރައްވާ އަލްހާން ފަހުމީ ވިދާޅުވެއްޖެ އެވެ.

އަލްހާން މިހެން ވިދާޅުވީ "އެއްބަޔަކު އަނެއްބަޔަކަށް،" ނަމުގައި މިރޭ އޭނާ ބޭއްވެވި ޖާފަތެއްގައި ވާހަކަފުޅުދައްކަވަމުންނެވެ.

މާލޭ ސިޓީގެ ދަފްތަރުގައި ޖަހާފައިވާ 7،700 މީހުންނަށް، ބޯހިޔާވަހިކަން ދެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އަލްހާން ވަނީ ގޮވާލައްވައިފައެވެ.

"އެ ބޭފުޅުންގެ އައިޑީކާޑަށް ގެއެއްގެ ނަން ނުވަތަ އެޕާޓްމެންޓެއްގެ ނަން، އުޅޭ ގެއެއްގެ ނަން އަރާވަރު ކޮށްދެއްވާށޭ. އެއީ އެންމެ މިނިމަމް، އެންމެ ދެރަ މިންވަރޭ ރައްޔިތަކަށް ލިބެން ޖެހޭ. އެންމެ އާދައިގެ މިންވަރޭ،" އޭނާ ވިދާޅުވިއެވެ.

ރައްޔިތުންނަށް އެވަރުގެ ކަމެއް ނުކޮށްދެވޭ ވަރުގެ ދައުލަތެއް ބޭނުމެއް ނުވާނެ ކަމަށް އަލްހާން ވިދާޅުވިއެވެ.

އަލްހާން ވިދާޅުވީ އާންމު ރައްޔިތުންގެ ދާއިމީ އެޑްރެސްއޭ ބުނުމުން ދަފްތަރު ނަމްބަރެއް ބުނާ ހާލަތަށް ގޮސްގެން ނުވާނެ ކަމަށެވެ.

އެފަދަ ކަންތައްތަކަކީ ސަރުކާރުން ވަގުތުން ހައްލު ހޯދަން ޖެހޭ މައްސަލަތައް ކަމަށް އޭނާ ވިދާޅުވިއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟