ގދ. އަތޮޅު ވާދުއަށް ކުރިމަތިވެފައިވާ ދަތިތައް ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ ހިއްސާކުރައްވައިފި އެވެ.
ރަށަށް ބޭނުންވެފައިވާ ހިދުމަތްތަކާ ގުޅޭގޮތުން ވާދޫ ކައުންސިލުން މިއަދު ވަނީ ރައީސް ސޯލިހާ ބައްދަލުކުރައްވައިފައެވެ.
ރައީސް އޮފީހުގައި ކުރިއަށް ގެންދިޔަ އެ ބައްދަލުވުމުގައި ރަށަށް ދިމާވެފައިވާ ދަތިތައް ކަމަށްވާ ކުނި މެނޭޖްކުރުމުގެ މައްސަލައާއި ރަށުގައި ފިނިހަކަ ގިނަވުމުގެ ސަބަބުން ދަނޑުވެރިންނަށް ދިމާވާ ގޮންޖެހުންތަކާއި ރަށުގައި ފެންބޮޑުވާ މައްސަލަ، ކައުންސިލުން ހިއްސާކޮށްފައެވެ.
އޭގެ އިތުރުން ރަށުގެ ސްކޫލު ތަރައްގީކުރުމާ ގުޅޭގޮތުން ކައުންސިލުން ވަނީ ރައީސާ މައުލޫމާތު ހިއްސާކުރައްވައިފައެވެ.
އެ ބައްދަލުވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި ވާދޫ ކައުންސިލުން އެދިވަޑައިގެންފައިވާ ކަންކަމުގައި ކަމާގުޅޭ މިނިސްޓްރީތަކާއެކު މަޝްވަރާކުރައްވައިގެން އެކަންކަމަށް ހައްލެއް ހޯދައިދެއްވުމަށް މަސައްކަތްކުރައްވާނެ ކަމަށް ވިދާޅުވިއެވެ.