އައްޑޫ ސިޓީ

އައްޑޫ ސިޓީގައި އިންޖީނެއް މަރާމާތު ކުރާތީ ކަރަންޓް ކެނޑިދާނެ ކަމަށް ފެނަކައިން ބުނެފި

އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކަށް ކަރަންޓް ދިނުމަށް ބޭނުންކުރަމުންދިޔަ ޖަނަރޭޓަކަށް ދިމާވި މައްސަލައެއް ހައްލު ކުރުމުގެ މަސައްކަތް ކުރަމުންދާތީ، އެކި ސަރަހައްދުތަކުން އެއް ގަޑިއިރަށް ކަރަންޓް ކެނޑިދާނެ ކަމަށް ފެނަކައިން ބުނެފިއެވެ.

މަރަދޫފޭދޫގައި ހުރި ފެނަކަ އޮފީހުން ނެރުނު ނޯޓެއްގައި ބުނެފައިވަނީ ކަރަންޓް ދިނުމަށް ބޭނުންކުރަމުންދިޔަ ޖަނަރޭޓަރަކަށް ދިމާވި ޓެކްނިކަލް މައްސަލައެއް ހައްލު ކުރުމުގެ މަސައްކަތް މިއަދުން ފެށިގެން ކުރަމުންދާކަމަށެވެ.

އަދި މަސައްކަތްކުރަމުންދާ ވަގުތުތަކުގައި އެކި ސަރަހައްދުތަކުން ގަޑިއަކު އެއްފަހަރު ކަރަންޓް ކެނޑިދާނެ ކަމަށާއި އެމައްސަލަ ހައްލުކުރުމަށް 14 ދުވަސް ހޭދަވާނެ ކަމަށް ބެލެވޭ ކަމަށް ބުނެފައިވެއެވެ.