ޚަބަރު

އައްޑޫގައި ހިނގި އެކްސިޑެންޓެއްގައި ޒުވާނަކު މަރުވެއްޖެ

ފާތިމަތު ލިޔުޝާ

އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ޒުވާނަކު މަރުވެއްޖެއެވެ.

ފުލުހުން މިއަދު ބުނީ އެ އެކްސިޑެންޓްގައި މަރުވެފައިވަނީ މާލެ/ ގ. ނައިޓް ޑްރީމް، ލީވާން އަބްދުއް ސައްތާރު 24އ. ކަމަށެވެ. އެ އެކްސިޑެންޓް ފުލުހަށް ރިޕޯޓް ކޮށްފައިވަނީ މިއަދު 9:49 ހާއިރު ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ އެކްސިޑެންޓު ހިނގާފައިވަނީ ސައިކަލު ބާރު ސްޕީޑުގައި މަރަދޫ އިން ހިތަދޫކޮޅަށް ދުއްވާފައި ގޮސް ބްރިޖު ބެންޑު ހިސާބުން ސައިކަލު ކޮންޓްރޯލު ނުވެގޮސް ބްރިޖުގެ ފެންސުގައި ޖެހިގެން ކަމަށެވެ.

ފުލުހުން އަންނަނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.