މުހައްމަދު ޖަމްޝަތް ވަހީދު
ދިރާގުގެ ޕްރީޕެއިޑް ކަސްޓަމަރުންނަށް މިހާރު އެންމެ 23 ރުފިޔާއަށް 23ޖީބީގެ ސޯޝަލް މީޑިއާ ޑޭޓާ ލިބޭ އެޑްއޮން އެއް ތައާރަފުކޮށްފިއެވެ.
"ދިރާގު ސޯޝަލް ޕެކް އެޑް-އޮން" ގެ ނަމުގައި ތައާރަފުކުރި މި އެޑްއޮން އިން ވައިބާ، ވަޓްސްއެޕް، ފޭސްބުކް، އިންސްޓަގްރާމް، ޓުވިޓާ، ސްނެޕްޗެޓް އަދި ވީޗެޓް ފަދަ ސޯޝަލް މީޑިއާ އެޕްސް ބޭނުންކުރެވޭނެއެވެ.
ދިރާގުން މައުލޫމާތުދޭ ގޮތުގައި ސޯޝަލް މީޑިއާ އެޑް-އޮން ދިރާގުގެ ހުރިހާ ޕްރީޕެއިޑް ކަސްޓަމަރުންނަށްވެސް ނެގޭނެއެވެ. އަދި މި ޑޭޓާ އެޑްއޮން އެކްޓިވޭޓް ކުރާ ދުވަހުގެ 23:59 އާ ހަމައަށް މި ޕެކްގެ ދަށުން ޑޭޓާ ބޭނުންކުރެވޭ އިރު، ދިރާގު އެޕްލިކޭޝަން ނުވަތަ 343 އަށް ކީވޯޑް '2023' ޖަހާފައި އެސްއެމްއެސް ކޮށްލައިގެންވެސް މި އެޑްއޮން ނެގޭނެ ކަމަށް ދިރާގުން ބުންޏެވެ.
ދިރާގުން ވަނީ ސްޓޭންޑަޑް ޕްރީޕެއިޑް ޕްލޭންތަކަށް ސަބްސްކްރައިބް ކުރާ ކަސްޓަމަރުންނަށްވެސް ތަފާތު ގިނަ ޕްލޭންތަކެއް ފަރުމާކޮށްފައެވެ. އެ ޕްލޭން ތަކަކަކީ:
ދިރާގުން ބުނީ އެކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ތަފާތު ގިނަ އާ އޮފާތައް ހެޔޮ އަގުގައި ކަސްޓަމަރުންނަށް ގެނެސްދީ، ކަސްޓަމަރުންނަށް އިތުރު މަންފާ ލިބޭނެ ގޮތް މަގުފަހިކޮށްދިނުމަށް ކަމަށެވެ.