ލ.ފޮނަދޫގެ 50 ހައުސިންގ ޔުނިޓްގެ ޔޫޓިލިޓީ މަސައްކަތް ފެނަކައާ ހަވާލުކޮށްފި އެވެ.
މިއަދު ހެނދުނު ކުރިއަށް ދިޔަ ރަސްމިއްޔާތެއްގައި ފެނަކައާ ހައުސިންގް ޔުނިޓްގެ ޔޫޓިލިިޓީ މަސައްކަތް ހަވާލުކޮށްފައިވަނީ ހައުސިންގް މިނިސްޓްރީ އިންނެވެ.
ހައުސިންގް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަލީ ޝާމިން ވިދާޅުވި ގޮތުގައި ފެނަކައާ މިއަދު ވެވުނު އެއްބަސް ވުމުގެ ދަށުން ލ.ފޮނަދޫގައި ގާއިމް ކޮށްފައިވާ 50 ހައުސިންގ ޔުނިޓުގެ ފެނާއި ކަރަންޓުގެ އިތުރުން ނަރުދަމާގެ މަސައްކަތް 90 ދުވަހުގެ ތެރޭ ނިންމާ ހަވާލު ކުރަން ޖެހެއެވެ.
މީގެ ކުރިން ލ.ގާދޫ ރައްޔިތުން ފޮނަދޫއަށް ބަދަލު ކުރުމަށް އެޅި 85 ހައުސިންގ ޔުނިޓުތަކުގެ ފެނާއި، ކަރަންޓު އަދި ނަރުދަމާގެ މަސައްކަތް ވެސް ފެނަކައާ ވަނީ ހަވާލުކޮށްފައެވެ.