މާފަންނުގައި ސައިކަލު ތަކެއްގައި ރޯކޮށްލައިފި އެވެ.
ރޭ3:45 ހާއިރު މިކަން އެމްއެންޑީއެފް އަށް ރިޕޯޓުކޮށްފައިވާކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދެއެވެ. މާފަންނު އިހުސާން ފިހާރަ ކައިރީ ގައި ހިނގި މި ހާދިސާގައި 7 ސައިކަލެއް ވަނީ ބޭނުން ނުކުރެވޭވަރަށް އަނދާފައި ކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދެއެވެ.
މީގެ އިތުރުން 2 ސައިކަލަކަށް އެކި ވަރުގެ ގެއްލުން ލިބިފައިވާކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.
ސައިކަލުތަކަށް ލިބުނު ގެއްލުމުގެ އިތުރުން، ރޯވި ސައިކަލުތައް ޕާކުކޮށްފައިވާ ދިމާލުގައި ހުރި ގެއަށް ވަނީ އަލިފާނުގެ އަސަރުކޮށްފައެވެ.
އެމްއެންޑީއެފް އިން ވަނީ މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާ އެއް ލިބިފައިނުވާކަން ހާމަކޮށްފައެވެ. މިހާރު ފުލުހުން އަންނަނީ މި މައްސަލަ ހިނގި ގޮތް ތަހުގީގު ކުރަމުންނެވެ.