ރ. ކިނޮޅަހު ކައުންސިލް މެމްބަރު އަބްދުލް މަޖީދު ނިޔާވެފައި އޮއްވާ ފެނިއްޖެއެވެ.
އޭނާ ނިޔާވެފައި އޮއްވާ ފެނުނީ އޭނާ ދުރިއުޅޭ ގެއިންނެވެ.
ކިނޮޅަހުން މައުލޫމާތުދިން، މަޖީދުއާ ގާތް މީހަކު ބުނީ އޭނާ ނިޔާވެފައި އޮތްކަން އެނގުނީ މިރޭގެ ކެއުނަށް ކޮޓަރިން ނުނިކުންނަވައިގެން ބެލުމުން ކަމަށެވެ.
ހިތުގެ ބަލީގައި މީގެ އެތައް އަހަރެއް ކުރިން އެންޖިއޯ ޕްލާސްޓީ ހައްދަވާފައި ހުންނެވި ނަމަވެސް މަޖީދު އަކީ ކަސްތަރު ކުރައްވައި އުޅުއްވާ، ސިއްހީގޮތުން ރަނގަޅު ބޭފުޅެއް ކަމަށާއި، މަޖީދު މިއަދުވެސް އޮފީހަށް ނިކުންނެވިކަމަށް އޭނާ މައުލޫމާތުދިނެވެ.
މަޖީދަކީ އަދާލަތު ޕާޓީގެ މެންބަރެކެވެ.
މަޖީދު ރަށުގައި ނިޔާވިއިރު އަނބިކަނބަލުންނާއި ތިން ދަރިން ދިރިއުޅެނީ މާލޭގައެވެ.
ފުލުހުން މިރޭ ބުނީ ކިނޮޅަހުގައި މީހަކު މަރުވެފައިވާކަމުގެ މައުލޫމާތު ލިބުމާއި ގުޅިގެން މިރޭ 19:45 ހާއިރު ފުލުހުން މައުލޫމާތުސާފު ކުރުމުން އެރަށުގައި މަރުވެފައިވަނިީ، 48 އަހަރުގެ ފިރިހެނެއްކަމަށް އެނގިފައިވާ ކަމަށެވެ.
އަދި އޭނާ މަރުވެފައިއޮއްވާ ފެނުނީ އޭނާ ދިރިއުޅެމުމްދާ ގޭގައި ކަމަށްވެސް ފުލުހުން ބުނެފައިވެއްޖެއެވެ