ޚަބަރު

ފޯނެއް ފޭރިގަނެގެންދިޔަ ކުއްޖަކު އަތުލައިގެންފި

އިބްރާހިމް ޒަކީ

މީހެއްގެ އަތުން ފޯނެއް ފޭރިގަނެގެންދިޔަ ކުއްޖަކު ފުލުހުން އަތުލައިގެންފިއެވެ.

ފުލުހުން ބުނީ، މިއަދު 19:15 އެހާކަންހާއިރު ފަރީދީމަގު، ފެންޓަސީ ސްޓޯރު ކައިރިން ބިދޭސީއެއްގެ އަތުން ފޯނެއް ފޭރިގަނެގެންދިޔަ 17 އަހަރުގެ ފިރިހެން ކުއްޖަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށެވެ.

މިކުއްޖާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ އެލްސިޔޯން ބޭކަރީ ކައިރިންނެވެ.

ފުލުހުން ބުނީ މިކުއްޖާ ބަލައި ފާސްކުރިއިރު އޭނާ ލައިގެން ހުރި ޖިންސުގެ ކަނާތްފަރާތު، ކުރިމަތީ ޖީބުން ވާވޭ ބްރޭންޑްގެ ފޯނެއް ފެނިފައިވާ ކަމަށެވެ.

މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށްވެސް ފުލުހުން ބުންޏެވެ.