އައްޑޫ ސިޓީ ހިތަދޫ ބޮޑު މަގުގައި އެކްސިޑެންޓެއް ހިނގައި ދެމީހަކަށް އަނިޔާ ވެއްޖެއެވެ.
ފުލުހުން ބުނީ މިއަދު ހަވީރު ހަތަރެއް ޖަހާކަންހާއިރު ހިތަދޫ ބޮޑު މަގުގައި މި އެކްސިޑެންޓް ހިނގީ އެ މަގުން އުތުރުން ދެކުނަށް ދުއްވާފައި ދިޔަ ސައިކަލަކުން، އެ މަގު ހުރަސްކުރަން އުޅުނު 57 އަހަރުގެ އަންހެނެއްގެ ގައިގައިޖެހިގެންނެވެ.
ފުލުހުން ބުނީ މި އެކްސިޑެންޓް ގައި އަންހެން މީހާގެ ވާތްފަރާތު ކޮނޑުހުޅު މަށައިގެންގޮސް، ވާތްފަރާތު އަރިކައްޓަށާއި މެއައް ތަދުވާކަމަށް ބުނެފައިވާތީ އެމީހާ ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށެވެ.
މި އެކްސިޑެންޓް ހިިނގިއިރު، ސައިކަލް ދުއްވަންއިން 18 އަހަރުގެ ފިރިހެންމީހާގެ ބޮލުގެ ވާތްފަރާތުން ނިންމަތި ފަޅަައިގެން ގޮސް ވާތްފަރާތު އަތްތިލަމަތިން މަށައިގެންގޮސްފައިވާ ކަމަށް ފުލުުހުން ބުންޏެވެ.
ފުލުހުން ބުނީ ސައިކަލްގައި އިން 18 އަހަރުގެ މިހާއަކީ ލައިސަންސް އޮތް މީހެއްކަމަށެވެ.