ޚަބަރު

ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު އެއާޕޯޓުން ހައްޔަރު ކޮށްފި

ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނީ 36 އަހަރުގެ އެމީހާ ހައްޔަރު ކުރީ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން ކާޑެއްދުއަށް ގިނައަދަދެއްގެ މަސްތުވާތަކެތި ގެންދަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ހުޅުމާލޭ ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.

އަދި ކޯޓު އަމުރެއްގެދަށުން އެމީހާ ހައްޔަރު ކުރީ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން ކަމަށާއި، އެމީހާ ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެހިތަކެއް އެހީމާގެ އަތުން ފެނިފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މި މިމައްސަލަ ހުޅުމާލޭ ޕޮލިސް ސްޓޭޝަނުން އިތުރަށް ތަޙުޤީޤު ކުރަމުންދާކަމަށެވެ.